ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޕަސިންޖަރ ޓާމިނަލްގެ މަަސައްކަތް ބައްލަވާލެއްވުމަށް ޒިޔާރަތްކުރައްވައިފި އެވެ. ކެބިނެޓުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިންނާއެކު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވުމަށް ހަމަޖެހިފައިވާ މި ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފުރިހަމަ އަޕްޑޭޓެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި މުހައްމަދު ލަމާން އިސްކޮށް ހުންނަވާ ވަފުދުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ޓީމަށް މަރުހަބާ ދަންނަވާފަ އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޓާމިނަލްގެ މުހިންމު ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، އެންމެ ފަހުގެ ކޮންސްޓްރަކްޝަން މަރުހަލާތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ. 72،000 އަކަ މީޓަރުގެ މި ޒަމާނީ ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ޖާގަ ދީ، ތޮއްޖެހުމަށް ހައްލެއް ހޯދައިދީ، މުޅި ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.
ޓާމިނަލްގެ ޑިޒައިންގައި ދިވެހި އިންސްޕަޔާޑް އެސްތެޓިކްސް ހިމަނާފައިވާއިރު އޭގެ ތެރޭގައި މޫދު ހަނދާންކޮށްދޭ ޓެރާޒޯ ފްލޯރިން އާއި ރާޅު ފަދަ ސީލިންގް ޕެޓާންތަކާއި ފާރުތަކުގައި ހުންނަ ގުދުރަތީ މޮޓިފްތައް ހިމެނެ އެވެ. އެގޮތުން 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި އެޑްވާންސް ބެގޭޖް ހޭންޑްލިން ސިސްޓަމްތަކުގެ އިތުރުން ސެކިއުރިޓީ ސްކްރީނިން ފެސިލިޓީތައް އިތުރުކުރާނެ އެވެ.
އެމްއޭސީއެލްގެ މަސައްކަތް އެންމެ ފަހު މަރުހަލާގައި ކުރިއަށްދާއިރު، ދުނިޔޭގެ ފެންވަރުގެ ޓާމިނަލެއް ފޯރުކޮށްދިނުމަށް އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނައިރު، މިއީ ސަރވިސް އެކްސެލެންސް އާއި އޮޕަރޭޝަނަލް އެފިޝިއެންސީއަށް ރާއްޖެއިން ކުރާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. އާ ޓާމިނަލަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ޓާމިނަލެއް ކަމަށް ބެލެވެ އެވެ.
ފޮނުވާ