0
އިމިގްރޭޝަން ކޮރަޕްޝަން މައްސަލައިގައި ހިމެނޭ މުވައްޒަފުން ބިދޭސީންތައް ހައްޔަރުކުރީ ވެސް އުސޫލުތަކާއި ޚިލާފަށް: ފުލުހުން
މޯލްޑީވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝައްމާން ވަހީދު ހިމެނޭހެން ބަެއް މުވައްޒަފުން، މަޤާމުގެ ނާޖައިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މަޢޫލޫމާތާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހިނގާ ތަހުޤީޤަށް އެނގިފައިވާގޮތުން، މި މުވައްޒަފުންތައް ބިދޭސީންތަކެއް ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނަކީ އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފިއެވެ.