ބޭނުންވާނެތަކެތި: 2 ދޮންކެޔޮ 2 ބިސް 2 ސައިސަމްސާ ވެނީލާ އެކްސްޓްރެކްޓް 2 މޭޒުމަތީ ސަމްސާ ހަކުރު 2 މޭޒުމަތީ ސަމްސާ ތެޔޮ 2 މޭޒުމަތީ ސަމްސާ ދިޔާ ކިރު 1/2 ޖޯޑު ފުށް 1/2 ސައިސަމްސާ ބޭކިން ސޮޑާ ލޮނުކޮޅެއް ބޭނުންނަމަ، ޗޮކްލެޓް ޗިޕްސް ނުވަތަ ވޯލްނަޓްސް
ތައްޔާރުކުރާނެގޮތް:
- އަވަން 190 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރުން
- ބޯތައްޓެއްގަ ދޮންކެޔޮ ޗަސްކޮށްލުން
- ދޮންކެޔޮ ތެރެއަށް ބިސް، ވެނީލާ، ހަކުރު އަޅާ ރަނގަޅަށް އެއްކޮށްލުން
- އޭގެ ތެރެއަށް ތެޔޮ، ކިރު، ފުށް އަދި ބޭކިން ސޮޑާ އަޅާ އެއްކޮށްލުން
- ބޭނުންނަމަ ޗޮކްލެޓް ޗިޕްސް ނުވަތަ ވޯލްނަޓްްސް އެޅުން
- ޓްރޭއެއްގަ ތެޔޮ ކޮޅެއް ހާކާލާފަ ކޭކު ފުށްގަނޑު ފަތުރާލުން
- 30 ވަރަކަށް މިނެޓް (ނުވަތަ ރަނގަޅަށް ފިހެވެންދެން) އަވަނުގައި ފިހެލުން
ފޮނުވާ