ރަމަޟާން މަހަކީ ދުނިޔޭގެ 1.8 ބިލިއަނަށް ވުރެ ގިނަ މުސްލިމުން ކޮންމެ އަހަރަކު ފާހަގަކުރާ ދީނީގޮތުން މުހިންމު މަހެކެ މަހެވެ.
ހުރިހާ މުސްލިމް މުޖުތަމައުއެއްގައިވެސް ރޯދަ މަހު ރޯދަ ހިފުމާއި، ހާރު ކެއުން އަދި ނަމާދުކޮށް، ޤުރުއާން ކިޔަވައި، ސަދަގާތް ކުރުން މިއީ އާންމު އާދަތަކެވެ. ދެން ހުންނަނީ ވަކިވަކި ޤައުމުތަކުގެ ސަޤާފަތްތަކާއި އާދަކާދަތަކެވެ. މިގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގައި ރަމަޟާން މަހާ ދިމާކޮށް ކުރާ ބައެއް ފަފާތު ކަންކަމަށް ބަލާލަމާ ހިނގާށެވެ.
ސައުދި އަރަބިޔާ

ސައުދީގައި ޒަމާނުއްސުރެން ރަމަޟާން މަހު ކުރާ އެންމެ ދުވަސްވީ އެއް ކަމަކީ ހާރުދަމަށް މީހުން ހޭލެއްވުމަށް ބެރުޖެހުމެވެ. މިކަން ކުރުމަށް ވަކި މީހެއް ކަޑައަޅާފައި ހުރެއެވެ. އެމީހާއަށް ކިޔާނީ މުސަހަރާތީޢެވެ. ހާރު ކާ ގަޑިއަށް އާންމުން އުޅޭ ސަރަހައްދުގައި މިކަން ކުރުމަށް މީހުން ކަޑައަޅާފައި ތިބެއެވެ.
ޔޫއޭއީ

ރޯދަވީއްލަން ވީމައި، އެކަން އާންމުކޮށް އެންގުމަށް ބޮޑު ބަޑި ޖެހުމަކީ މިސްރުން ފެށުނު ކަމެއް ކަމަށް ތާރީހުން ފެންނަން އެބައޮތެވެ. ނަމަވެސް މިއީ ލެބަނަން އަދި ޔޫއޭއީގައިވެސް އަދިވެސް ކުރާ ކެމެކެވެ. އަދި އަރަބި އެހެން ޤައުމުތަކުގައިވެސް ރޯދަ ވީއްލަން ވީމަ ބޮޑު ބަޑި ޖަހާ އެކަން އަންގައެވެ.
މިސްރު

ރަމަޟާން މަހު މިސްރުގެ މަޤުތައް އޮންނާނީ ތަފާތު ކުލަތަކުގެ ބޮކިތަކާއި، ފާނޫޒުތަކުން ޖަރީކޮށް އަލިކޮށްލާފައެވެ. މިސްރުގެ އާންމުން އުޅޭ ހުރިހާ ސަރަހައްދެއްގައިވެސް ރޯދަމަހާ ދިމާކޮށް، މަގުތަކާއި ގެތަކުގައި އެކި ވައްތަރުގެ، އެކި ކުލަކިލައިގެ ބޮކި ހަރުކުރެއެވެ.
ތުރުކީ

ތުރުކީގައިވެސް ހާރުދަމަށް އާންމުން ހޭލެއްވުމަށް ބެރުޖަހައެވެ. މީގައި އެހެން ޤައުމުތަކާއި ތަފާތުވާ ކަމަކީ ތުރުކީގައި ބެރުޖަހަން ނުކުންނަކީ ގްރޫޕް ގްރޫޕުގައި، އޮޓޯމޮން ޒަމާނުގެ ހެދުންތައް އަޅައިގެން ތިބޭ މީހުން ކަމެވެ.
މޮރޯކޯ

މޮރޮކޯގައި ހާރުދަމަށް މީހުން ހޭލެއްވުމުގެ ޒިންމާ އަދާކުރަނީ ނަފާރްސްއެވެ. އެއީ ކޮންމެ ޓައުން، ސިޓީއެއްގެ މީހުން ކަޑައަޅާ ބައެއް ނުވަތަ މީހެކެވެ. މީހުން ހާރުދަމަށް ހޭލެއްވުމަށް ނަފާރްސް ބޭނުންކުރަނީ ބެރެއް ނޫނެވެ. ސަޤާފީ ހެދުން އަޅައިގެން ތިބެ ނަފާރްސް ކިޔަނީ މިއުޒިކީ ރާގަކަށް ދުވާތަކެއް ހިމެނޭ ލަވަތަކެވެ.
އިންޑޮނީޝީއާ

ރަމަޟާން މަހު ފެށުމުގެ ކުރިން އިންޑޮނީޝިއާގައި ޕަޑޫސަންގެ ނަމުގައި ކްލެންޒިން ރިޗުއަލްއެއް ކުރިއަށް ގެންދެއެވެ. މިކަން ކުރުމަށް ބޮޑެތި ފެންގަނޑު، ކޯރުފަދަ ތަންތަނާއި، މިސްކިތްތަކުގައި ހުންނަ ޕޫލްތަކަށް މީހުން އެރެއެވެ. މިއީ ރަމަޟާން މަހަށް މީހާ ނަފްސާނީ އަދި ޖިސްމާނީ ގޮތުން މީހާ ސާފުވުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. ކުރިން މިކަން ކުރަނީ އާންމުކޮށް ހުރިހާ އެންމެ ތަންތަނަށް އެއްވެ ކަމުގައިވިޔަސް، މިހާރު މީހުން މިކަން ގިނައިން ކުރަނީ ގޭގަކުގައެވެ.
ރާއްޖެ

ފޮޓޯ ކްރެޑިޓްސް: ނަޖް ފޮޓޯގްރަފީ
ރާއްޖޭގައި ރޯދަމަހަށް ޒަމާނުއްސުރެން ކުރާ ގިނަ ކަންތައްތަކެއް ހުރެއެވެ. އެއީ ގޭތެރެ އެކުގައި ސާފުކުރުމާއި، މަގުތަކާއި، އާންމު ތަންތަން ސާފުކުރުން ހިމެނެއެވެ. މީގެއިތުރުން ރޯދައިގެ ކުރިން އެކި ބާވަތުގެ ކާއެއްޗެތި ތައްޔާރުކޮށް މާހެފުންވެސް އެއީ ރާއްޖޭގައި ޒަމާނުއްސުރެން ގެންގުޅޭ ސަޤާފަތެކެވެ. ކުރީ ޒަމާނުގައި ރޯދަމަސް އައުން ފާހަގަކުރުމަށް ރޯދައިގެ ކުރިން ރައިވަރު ހަދާ، އާންމު ތަންތަނަށް އެއްވެ ބޮޑުބެރު ޖަހާ، ރައިވަރުވެސް ކިޔައެވެ.
ފޮނުވާ