ފަލަސްތީނު ރައްޔިތުންގެ ސަލާމަތަށްޓަކާ ހަމާސްއިން ޢައްޒާގައި ބާރުތައް ދޫކޮށްލުންޖެހޭކަމަށް ފަލަސްތީނިއަން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތުން ބުނެފިއެވެ.

Advertisement

Advertisement

ފަތަހް އަކީ ހަމާސްއާ ސިޔާސީ ގޮތުން ވާދަވެރި ޖަމާއަތެކެވެ. ފަތަހް ޖަމާއަތުގެ ތަރުޖަމާނު މަންތަރު އަލް ހައިކް އޭއެފްޕީއަށް ފޮނުއްވި މެސެޖެއްގަައި ބުނެފައިވަނީ ހަމާސްއިން ޢައްޒާގެ ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނަށް އޯގާތެރިކަން އިސްކުރަން ޖެހޭކަމަށެވެ. 

އަދި ހަމާސްއިން ޢައްޒާގައި ވެރިކަންކުރަމުންދާނަމަ އެންމެ ފަހުން ފަލަސްތީނު ރައްޔިތުން ނެތިހިނގައިދާނެކަމަށް ގަބޫލުކޮށް ހަމާސްއިން އެއްފަރާތްވާން އޭނާ ވަނި ގޮވާލާފައެވެ. 

ފަތަހް ޖަމާއަތުން ޢައްޒާގައި ވެރިކަން ކުރަމުން ދަނިކޮށް 2007 ވަނަ އަހަރު ހިނގި ކުރިމަތިލުންތަކެއްގައި ހަމާސްއިން ވަނީ ޢައްޒާ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. 

ރައީސް އައްބާސް ވަނީ އިޒްރޭލާއި ހަމާސްއާދެމެދު ކުރަމުންދާ ހަނގުރާމައަށްފަހު ޢައްޒާ އާރާސްތުކުރުމަށް އެކުަލަވާލާ ކޮމިޓީއިން ފަލަސްތީން އޮތޯރިޓީއަށް ރިޕޯޓުކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ޢައްޒާގައި ވެރިކަން ކުރުމުގެ ހަމައެކަނި ގާނޫނީ ބާރުއޮތް ފަރާތަކީ ފަލަސްތީނިއަން އޮތޯރިޓީކަމަށް އޭނާ ގަބޫލުކުރައްވައެވެ. 

އައްބާސްގެ މި ހުށަހެޅުމަށް އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ދެކޮޅުހައްދަވާފައެވެ.