ބޭނުންވާނެ ތަކެތި: ޕުޑިން 1 ޖޯޑު ސްޓްރޯބެރީ މިލްކް 1 މޭޒުމަތީ ސަމްސާ ކޯން ފްލާ 2 މޭޒުމަތީ ސަމްސާ ހަކުރު 1/3 ޖޯޑު ވިޕިން ކްރީމް ސްޓްރޯބެރީ ކޮމްޕޯޓް 100 ގ. ސްޓްރޯބެރީ 1 މޭޒުމަތީ ސަމްސާ ހަކުރު 1 ސައިސަމްސާ ލުނބޯ ހުތް

Advertisement

Advertisement

ތައްޔާރުކުރާނެގޮތް:

ޕުޑިން

  • ކުޑަ ބޯތައްޓެއްގަ 2 މޭޒުމަތީ ސަމްސާ ސްޓްރޯބެރީ ކިރު ތެރެއަށް 1 މޭޒުމަތީ ސަމްސާ ކޯން ފްލާ އަޅާފަ ރަނގަޅަށް އެއްކޮށްލުން
  • ތެއްޔެއްގަ ދެން ހުރި ކިރު ކޮޅާ، ވިޕިން ކްރީމް އަދި 2 މޭޒުމަތީ ސަމްސާ ހަކުރު އަޅާ އެއްކޮށްލުން
  • ތެލީގައި ތައްޔާރުކުރި މިކްސް 1 މިނިޓު ވަންދެން މަޑު ގިނީގައި ކައްކާލުން
  • ކުރިން ތައްޔާރުކުރި ކޯން ފްލާ ކޮޅު ތެލި ތެރެއަށް އަޅާލުން
  • ކޯން ފްލާ އެޅުމަށްފަހު ގަދަ ގިނީގައި ހަލަމުން ކައްކާލުން
  • އޮލަވަންދެން ކައްކާލާފަ އުނދުން ނިވާލާނީ
  • 2 ޑެސާޓް ތައްޓަށް ޕުޑިން މިކްސް އަޅާފަ، ފިނިކުރަން މަދުވެގެން 1 ގަޑިއިރު ފްރިޖުގައި ބެހެއްޓުން    

ސްޓްރޯބެރީ ކޮމްޕޯޓް

  • ސްޓްރޯބެރީ ކުދިކޮށް ކޮށާލުން
  • ސޯސްޕޭންއެއްގަ ސްޓްރޯބެރީ ކޮޅާއި 1 މޭޒުމަތީ ސަމްސާ ހަކުރު އެއްކޮށް، މެދު ގިނީގައި 1 މިނެޓް ހަލަމުން ކައްކާލާނީ
  • ގަދަ ގިނީގައި ސްޓްރޯބެރީ ތެރެއަށް ލުނބޯ ހުތްކޮޅު އަޅާލުން
  • 3 މިނެޓް ނުވަތަ ސްޓްރޯބެރީކޮޅު މަޑުވަންދެން ގަދަ ގިނީގައި ހަލަމުން ކައްކާލުން. 
  • ސްޓްރޯބެރީ ކޮމްޕޯޓް ކައްކާ ނިމުމުން 10 ވަރަކަށް މިނެޓް ހިހޫކޮށްލަން ބެހެއްޓުން
  • ޕުޑިން ސާވް ކުރަންވީމާ މައްޗަށް ކޮމްޕޯޓް އަޅާ ފަތުރާލުން

ރެސިޕީއާއި ފޮޓޯ: ލޮނުމެދު.ކޮމް