ބޭނުންވާނެ ތަކެތި: 4 ލުނބޯ 4 ޖޯޑު ފިނި ފެން ގަނޑުފެން 300 މލ. ކޮންޑެންސްޑް މިލްކް (ގެރިކިރު)
ތައްޔާރުކުރާނެގޮތް:
- 2 ލުނބޮލުގެ ބޭރު ތޮށި ގާނާލުން، ގާނާ ތޮށިކޮޅު ވަކިން ބެހެއްޓުން
- ހަތަރު ލުނބޯ ތޮށިމަށާލާފަ ތޮށީގެ އަޑިން ހުންނަ ހުދު ފަށަލަ ކޮޅުވެސް ނެގުން
- ލުނބޯތައް ބްލެންޑަރަށް އަޅާ ފިނި ފެނާއެކު 20 -30 ސިކުންތު ގިރާލުން
- ބްލެންޑުކުރި ލުނބޯކޮޅު ފުރާނާލުން
- އަލުން ބްލެންޑަރަށް ލުނބޯ ފަނިކޮޅު އަޅާ، ގެރިކިރު އަދި ކުރިން ގާނާލި ލުނބޯ ތޮށިކޮޅު އަޅައިގެން ފޮނު އަރަންދެން ބްލެންޑުކުރުން
- ސާވްކުރުމަށް ތައްޓަކަށް އައިސް އެޅުމަށްފަހު އޭގެ މައްޗަށް ލެމަނޭޑް އަޅާލުން
ރެސިޕީއާއި ފޮޓޯ: ދަ މޮޑަރން ނޮންނާ
ފޮނުވާ